ޚަބަރު

ތިމާވެށީގެ ޙިމާޔަތުގައި މަޖިލިސްކުރާގޭ ދޮށުގައި އިހްތިޖާޖުކޮށްފި


ތިމާވެށީގެ ޙިމާޔަތުގައި ރައްޔިތުންގެ މަޖިލިސްކުރާގޭ ދޮށުގައި ޢާންމުންގެބަޔަކު އިހްތިޖާޖުކޮށްފިއެވެ. މިއިހްތިޖާޖަކީ ތިމާވެއްޓަށް ދޭ ގެއްލުންތައް ކުޑަކުރުމަށާއި މިމަހުގެ 26ގައި ތިމާވެށީގެ ޙިމާޔަތުގައި ދުނިޔޭގެ ޤައުމުތަކުން ބާއްވާ އިހްތިޖާޖުގައި ބައިވެރިވުމަށް ގޮވާލައި ބޭއްވި އިހްތިޖާޖެކެވެ.

މި ހަރަކާތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނީ މިއީ "ގްލޯބަލް ކްލައިމެޓް ސުޓްރައިކް"ނަމުގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ސިލްސިލާ ހަރާކާތުގެ ފުރަތަމަ އިހްތިޖިޖާޖުކަމަށެވެ.

މި އިހްތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ ވެސް ތިމާވެށި ހަލާކުވާނެ ކަންކަން ހުއްޓާލުމަށް ގޮވާލާފައިވާ ލިޔުންތައް ހިފައިގެންނެވެ. އޭގައި ރާއްޖެއިން ފަޅުތައް ހިއްކުމާއި ކުޅިތައް ނައްތާލުން ހުއްޓާލުމަށް ގޮވާލާފައިވެ އެވެ.

އިހްތިޖާޖު ކުރި ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމެޓީއާ ވެސް ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ.