ރާއްޖޭގައި ކެމިކަލް ގެންގުޅުމާއި ރައްކާކުރުމާގުޅޭ ޤާވާޢިދު އަންނަ ހޯމަދުވަހު ގެޒެޓްކުރައްވާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހެންވޭރުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއާގުޅިގެން ކަމާގުޅޭފަރާތްތަކުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، މީހުންދިރިއުޅޭ ސަރަހައްދުތަކުގައި ތަފާތު ބާވަތްތަކުގެ ކެމިކަލް ގެންގުޅުމާގުޅޭގޮތުން ކަމާގުޅުހުންހުރި އިދާރާއިތަކާގުޅިގެން ސަރުކާރުން ދިރާސާތަކެއް ހެއްދެވިކަމަށާ، އެދިރާސާގެ އަލީގައި މާލޭގައި ތަފާތު ބާވަތްތަކުގެ ކެމިކަލް ބަހައްޓާ ސަތޭކަ ސައްބީސް ގުދަން ހުރިކަން ފާހަގަކުރެވުނުކަމަށެވެ.
މީގެތެރެއިން ކެމިކަލް ހުރި އަށްޑިހަ ދެ ގުދަނަކީ މީހުން ދިރިއުޅޭ ޢިމާރަތްތަކުގައި ހަދާފައިވާ ގުދަންތައްކަމަށާ، ނުވަދިހަ އަށް ގުދަނަކީ މީހުން ދިރިއުޅޭ ޢިމާރާތްތަކާ އިންވެގެންހުންނަ ތަންތަންކަން ފާހަގަކުރެވުނުމަށް މިނިސްޓަރ މާރިޔާ ވިދާޅުވި. ޑިފެންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކެމިކަލް އެތެރެކޮށް އެތަކެތި މީހުން ދިރިއުޅޭ ރަށްތަކާއި އެނޫންވެސް ތަންތަކުގައި ގެންގުޅޭތާ އެތައްދުވެސް ވެފައިވީނަމަވެސް މިހާތަނަށްވެސް އެކާމާގުޅޭ ޤަވާޢީދެއް ހެދިފައިނުވާތީ އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން އެޤާވާއިދު އެކުލަވާލުމުގެ މަސައްކަތް ފެށިކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެކަމުގެ އެންމެ ފަހުގެ މަސައްކަތްކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ޤާވާއިދުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
"މިޤަވާޢިދުގެ މަގްސަދަކީ ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައެޅުމާ، ނުރައްކާތެރި ކެމިކަލް އެތެރެކުރާ ފަރާތްތަކުން އަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި އާންމުކުރުމާއި މިކަމުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމުގެ އިތުރުން މިފަދަ ކެމިކަލް ވިއްކާ ފަރާތްތަކުން އަމަލުކުރަންވީގޮތް ބަޔާންކުރުން. މިއީ ވަރަށް ފުޅާދާއިރާއެއްގައި ކޮމްޕްރިހެންސިވްކޮށް ހެދިފައިވާ ޤަވާޢިދެއް" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ރޭ ހިންގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަލިފާންރޯވި ގުދަނުގައި ރައްކާކުރުމަށް ޙުއްދީފައިވަނީ އާދައިގެ ކެމިކަލްގެ ބާވަތްތަކަށްކަމަށާއި، އަދި އެގުދަނުގައި އިންސްޕެކްޝަން އެންމެފަހުން ހަދާފައިވަނީ މިހައަރުގެ މެއި މަހުގައިކަމަށެވެ. އަދި މިގުދަން ހަދަން ހުއްދަދީފައިވަނީ ގްރީން ޕަރތް ޕްރައިވެޓް ލިމިޓެޑްނަމަކަށްކިޔާ ކުންފުންޏަކަށްކަމަށް މިނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންމނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.