ޚަބަރު

ބީޔޫސީޖީން ރާއްޖޭގައި އިތުރު މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ޝައުޤުވެރިކަން ފާޅުކޮށްފި


އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢު ކުރިއަށްގެންދާ ޗައިނާގެ، ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އިން ރާއްޖޭގައި އިތުރު މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.

ބީޔޫސީޖީން މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގެ ފޮރިންމިނިސްޓަރ ޢަބްދުﷲ ޝާހިދު ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ބީ.ޔޫ.ސީ.ޖީގެ ޗެއަރމަން ޗެން ދައިހުއަ އާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި ބީ.ޔޫ.ސީ.ޖީ ކުންފުނިން މިހާރު ކުރިއަށްގެންދާ އެކި މަޝްރޫއުތަކާބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ބީޔޫސީޖީން ވަނީ ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖޭގައި މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިކަމަށް ފޮރިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޗައިނާގެ ބީޔޫސީޖީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއާއި ޕަސެންޖަރ ޓާމިނަލްގެ މަސައްކަތްވެސް ކުރިއަށްގެންދާ ކުންފުންޏެވެ. މީގެ އިތުރުން މަޑިވަރު އެއަރޕޯޓް އެޅުމުގެ ޢަމަލީ މަސައްކަތްވެސް ބީޔޫސީޖީއާ ވަނީ ހަވާލުކުރައްވާފައެވެ.