ޚަބަރު

ބިދޭސީންގެ މައްސަލަ ޙައްލުނުވެއްޖެނަމަ އިސްތިއުފާ ދޭނަން - ފައްޔާޟު


ބިދޭސީންގެ މައްސަލަ ޙައްލުނުކުރެވިއްޖެނަމަ މަޤާމުން އިސްތިއުފާދެއްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޟް މިކަން ހާމަކުރެއްވީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކޮށް ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތާއި ބޭހޭ މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްކޮންފަރެންސްގައެެވެ.

އެމަނިކުފާނު އަމިއްލައަށް ކޯޓާ ވިއްކާވާހަކަ އެކިމީހުން ދައްކާކަމަށާ، ނަމަވެސް އެފަދަ އެއްވެސްކަމެއް އެމަނުކފާނު ކުރައްވާފައި ނުވާނެކަމަށެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރައްވާނެކަން ހަރުއަޑުން ވިދާޅުވަމުން މިނިޓަރުވަނީ އެކަން ނުވެއްޖެނަމަ މަގާމުގައި ނުހުންނާނެކަމަށް ވިދާޅުވެ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯއްދަވަން ސަރުކާރާއި، އެމިނިސްޓްރީން ކުރައްވާ މުހިއްމު މަސައްކަތްތަކުގެ ބޮޑުކަން ހާމަކޮއްދެއްވާފައެވެ.

އަދުގެ ސަރުކާރު ވެރިކަމާހަވާލުވި ހިސާބުންފެށިގެން ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކަމާގުޅުހުންހުރި ވުޒާރާތަކާއި ގުޅިގެން މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ކުރިން ބިދޭސީން ގެނައުމުގައި އިމިގްރޭޝަނުން ކުރަމުންދިޔަ މަސައްކަތްތައްވަނީ މިނިސްޓްރީއޮފް އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކޮށް ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެވަނީ ނިންމަވައިފިއެވެ.