ކުޅިވަރު

ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލުގެ ފަހު ދެ ޖާގަ މިލައިދޫއާއި ކިންގްސް ޔުނައިޓެޑަށް


ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ މިލައިދޫ އާ ދަރަވަންދޫ ކިންގްސް ޔުނައިޓެޑުން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗް މިލައިދޫ ކާމިޔާބުކުރީ 4-0 އިންނެވެ.

މި މެޗްގައި މިލައިދޫގެ ލަނޑުތައް އުނައިސް ޒުބައިރު، ހަސަން ޔާސިރު ކާމިޔާބުކޮށްދިންއިރު އެޓީމުގެ އަނެއް ދެ ލަނޑަކީ ދުސިތް ތާނީ ޓީމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވަތް ދެލަނޑެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލައިދޫ ޓީމްގެ ހަސަން ޔާސިރުއެވެ.

ސެމީ ފައިނަލުގައި މިލައިދޫ ވާދަކުރާނީ އޭދަފުށީ ޔުނައިޓެޑް ވީއާއެވެ. މިމެޗްކުޅޭނީ މާދަމާ ހަވީރުއެވެ.

ދަރަވަންދޫ ކިންގްސް ޔުނައިޓެޑް ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ، ނޮޓިލަސް މޯލްޑިވްސްގެ ޓީމާ ބައްދަލުކޮށް 3-7 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ކިންގްސް ޔުނައިޓެޑުގެ ހުސެއިން ޝަރީފްއާއި އިސްމާލް މުނީޒް ވަނީ ހެޓްރިކް ހަދާފައެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އައްޝަމް ސައީދުއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫ ކިންގްސް ޔުނައިޓެޑްގެ ހުސެއިން ޝަރީފްއެވެ.

މި މުބާރާތުގައި މަދަމާ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ދަރަވަންދޫ ކިންގްސް ޔުނައިޓް ބައްދަލުކުރާނީ މި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ، އޭދަފުށީގެ ފެއިމްސް ޔުނައިޓެޑާއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.