ޚަބަރު

މަރަދޫ-ފޭދޫގައި ހިނގި އެކްސިޑެންޓުގައި ހާނީއްކަވި މީހާ އިތުރުފަރުވާއަށް މާލެއަށް!


އައްޑޫ ސިޓީ މަރަދޫ-ފޭދޫގައި ހިނގި އެކްސިޑެންޓުގައި ހާނީއްކަވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ މިއެކްސިޑެންޓުގައި ހާނީއްކަވި ޢުމުރުން 55 އަހަރުގެ ފިރިހެންމީހާގެ ބޮލަށް ލިބުނު ހާނީއްކައާ ގުޅިގެން އޭނާއަށް އިތުރު ފަރުވާ ބޭނުންވާކަމަށެވެ. އޭނާ ލިބުނު ހާނީއްކަތައް ސީރިއަސްކަމުން ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ބޮޑު ހާނީއްކައެއް ފެންނަން ނެތްކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މަރަދޫ-ފޭދޫ ބީއެމްއެލް ބްރާންޗު ކުރިމަތިން، ލިންކްރޯޑުގައި މި އެކްސިޑެންޓު ހިނގީ ދެސައިކަލު ޖެހިގެންނެވެ. ހާނީއްކަވީ މީގެ ތެރެއިން އެއް ސައިކަލް ދުއްވި މީހާއަށެވެ. މިއެކްސިޑެންޓުގައި އިތުރަށް ހިމެނެނީ 17 އަހަރުގެ ކުއްޖެއްކަމަށާއި އޭނާ އަތުގައި ލައިސެންސް ނެތްކަމަށް ފުލުހުންވަނީ މަޢުލޫމާތުދެއްވާފައެވެ. އެކްސިޑެންޓު ހިނގުމާއެކު އޭނާ ފިލާފައިވީނަމަވެސް އެކްސިޑެންޓާއި ގުޅިގެން ލިބުނު ހާނީއްކަތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ފުލުހުންވަނީ އޭނާ ހޯދަފައެވެ.

މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 17:55ގައެވެ.