ވިޔަފާރި

އެމްއެމްއޭގެ ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެފި


ރާއްޖޭގައި ހިންގާ ބޭންކުތައް ފިޔަވައި އެހެނިހެން މާލީ އިދާރާތައްވެސް ސްޕަވައިޒްކޮށް ރެގިއުލޭޓްކުރުމުގެ ހުއްދަ ލިބޭގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ބަލައިގެންފިއެވެ.މިއިސްލާހު ހުށައަޅާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުއެވެ. އޭނާ ވިދާޅުވީ މި ބިލް ހުށައެޅީ، މި ގާނޫނަކީ މީގެ 34 އަހަރުގެ ކުރިން އެކުލަވާލާފައިވާ ގާނޫނަކަށް ވުމާއެކު ބައެއް ގާނޫނުތަކާއި ފުށުއަރާތީކަމަށެވެ. އެގޮތުން ބޭންކިންގއާބެހޭ ގާނޫނާއި، މާލީ ސެކިއުރިޓީއާއި ބެހޭ ގާނޫނާއި ފުށުއެރުންތަކެއް ހުރިކަމަށް ފަޒާދު ވިދާޅުވިއެވެ.މީގެ އިތުރުން މިއިސްލާހުގައި ވާގޮތުން އެމްއެމްއޭގެ މުވައްޒަފުންނަށް އެ އޮތޯރިޓީއިން ލޯނު ނެގޭނެކަމަށްވެސް ހިމަނާފައިވެއެވެ. މިބިލަށް ހުރިހާ މެމްބަރުންވެސް ތާއީދުކުރިއެވެ.