ޚަބަރު

ހިންމަފުށީގެ ކުރީގެ ކައުންސިލަރެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި


މާލެ އަތޮޅު ހިންމަފުށީގެ ކުރީގެ ކައުންސިލަރު ކަމަށްވާ އެރަށު މޫނިމާގޭ ފަރުހާދު އިބްރާހިމްގެ މައްޗަށް މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.ފަރުހާދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ، ހިންމަފުށީގައި އަލަށް އިމާރަތްކޮށްފައިވާ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މަގާމުގެ ނުފޫޒްގެ ބޭނުންކޮށްގެން އޭނާގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޑޮލްފިން ޝޮޕަށް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުން އެނގިފައިވާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.