ޚަބަރު

4 ބޭފުޅަކަށް ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން އަރުވައިފި


ނޫސްވެރިކަން ކުރިއަރުވައި އެ ދާއިރާގައި މުހިންމު ޚިދުމަތްތަކެއްކުރެއްވި 4 ބޭފުޅަކަށް ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން އަރުވައިފިއެވެ.

ދަރުބާރުގޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ދިވެހި ނޫސްވެރިކަމުގެ އިނާމް 2018 ދިނުމުގެ ރަސްމިއްޔާތުގައި ޝަރަފުގެ އަލިމަސް ގަލަން ލިބިލެއްވި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ އަލިމަސް ގަލަން 9 ފަރާތަކަށް އަދި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން 4 ބޭފުޅަކަށް ދީފައިވެއެވެ. މީގެއިތުރުން ނޫސްވެރިކަމުގެ ރަންގަލަން 12 ނޫސްވެރިއަކަށް ދީފައިވެއެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި 4 ބޭފުޅުންނަކީ:

  • ކުރީގެ ރައީސް މުހަންމަދު ނަޝީދު
  • އަޙްމަދު ޢަބްދުﷲ
  • އިބްރާހިމް އުމަރު މަނިކް
  • މަޑުލު މުޙައްމަދު ވަޙީދު

ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިލެއްވި 9 ބޭފުޅުންނަކީ:

  • ސިނާން ޢަލީ
  • މުޙައްމަދު ޖިނާހު
  • ޢަބްދުﷲ ރަމީޒް
  • މުޙައްމަދު ޝާތިރު
  • މުޙައްމަދު ޒާހިރު
  • ޙަސަން މުޙައްމަދު
  • މުޙައްމަދު ޖަވާދު ޔޫސުފް
  • މިދުހަތު އާދަމް
  • ސައިފް އަޒްހަރު

ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގަތް 12 ބޭފުޅުންނަކީ:

  • އިބްރާހިމް ޒަކީ
  • މުޙައްމަދު އަފްސަލް
  • މުޙައްމަދު ވަހީދު
  • ޝެހެނާޒް އަބްދުއްރަހުމާނު
  • ޢަލީ ޔޫސުފް
  • މުޙައްމަދު ޝާހިދު
  • އިސްމާއިލް ޢަބްދުލް ޣަފޫރު
  • އަޙްމަދު މުޙުސިން
  • މޫނިސާ އީސާ
  • ޖާދުﷲ ސަޢީދު
  • ޟަމްރަތު އަޙްމަދު
  • ހަފްސީ ޢަބްދުﷲ

މީގެ އިތުރުން މިރޭގެ އެވޯޑު ހަފްލާގައި ނޫސްވެރިކަމުގެ ދާއިރާއިން އެކި ރޮނގު ރޮނގުން ފާހަގަކޮށްލެވުނު ނޫސްވެރިންނަށްވެސް ނޫސްވެރިކަމުގެ އެވޯޑް ހަވާލުކޮށްފައިވެއެވެ.