ޚަބަރު

"ދަ ޒޯޔާ ފެކްޓާރ" އަނެއްކާވެސް ސޯނަމްގެ ތަފާތު ކެރެކްޓާރ އެއް



މިއަހަރު ސިނަމާތަކުގެ ބޮޑު ސްކިރީން އައި ފިލްމު "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިން ބެލުންތެރިންގެ ބޮޑު މަޤްބޫލް ކަމެއް ހޯދި ބޮލީވުޑް ގެ މަޝްހޫރު އެކްޓްރެސް ސޯނަމް ކަޕޫރް ގެ ފިލްމެއް އަނެއްކާވެސް ބެލުންތެރިންނާ ހަމަޔަށް އަންނަން މިވަނީ ތައްޔާރުވެފައެވެ.

"ދަ ޒޯޔާ ފެކްޓާރ" ގެ ނަމުން ނަން ދީފައިވާ މި ފިލްމުން ސޯނަމް އިތުރުން ދެން ފެނިގެން ދަނީ ބޮލީވުޑް ގެ ފިލްމުތަކުގެ އިތުރުން ސައުތު އިންޑިއާގެ ފިލްމުތަކުން ބެލުންތެރިންގެ މަޤްބޫލްކަން ހޯދާފައިވާ ދުލްކާރ ސަލްމާން އެވެ.

މިމަހުގެ 20 ވަނަ ދުވަހު މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވާއިރު މީ މިދެފަންނާނުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމުކަމަށް މީޑިއާ ރިޕޯޓް ތައް ބުނެއެވެ. އެހެންކަމުން މި ދެ ފަންނާނުންގެ ކެމިސްޓްރީ ދިމާވާނެތޯ ވެސް މީ ބެލުންތެރިން ބަލާލަން ޝައުގުވެރި ވާނެ ކަމެކެވެ.
އަބީޝޭކް ޝަރްމާ ޑައިރެކްޓް ކޮށް ތައްޔާރުކުރާ މި ފިލްމަކީ ރޯމާންޓިކް ކޮމެޑީ ފިލްމެކެވެ. މީގެ ދުވަސް ކޮޅެއް ކުރިން ވަނީ މިފިލްމުގެ އޮފީޝަލް ޓްރެއިލާރވެސް ބެލުންތެރިންނަށް ދައްކާލާފައެވެ.

މި ފިލްމު މައިގަޑު ގޮތެއް ގައި އަމާޒު ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ކުޅިވަރެއް ކަމުގައިވާ ކްރިކެޓަށެވެ. ތަފާތު ވާހަކައެއްގެ މައްޗައް ތައްޔާރު ކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ ޒޯޔާ ނަމަކަށް ކިޔާ ކުއްޖަކު އޭނާގެ ދިރިއުޅުން ކާމިޔާބު ނުވިނަމަވެސް އިންޑިއާގެ ކްރިކެޓް ޓީމާއެކު މަސައްކަތް ކޮށްލަން ލިބުނު ފުރުޞަތުގެ ބޭނުން ހިފައިގެން ކުރިއަށް ގޮސް އޭނާއަކީ އެޓީމުގެ" ލަކީ ޗާރމް "ގެ ގޮތުގައި ނިސްބަތް ވުމެވެ.

އިންޑިއާގެ ކްރިކެޓްގެ މާޒިތަކެއް ހާދާން ކޮށްދީ މިނޫނަސް ލޯބީ އަދި ހެއްވާ މަޖާ ކަންތައްތަކެއް އެކުލެވިގެންވާ މި ފިލްމުގައި މިހާރު ބެލުންތެރިން އިންތިޒާރު ކުރާނީ ޒޯޔާ މި ޓީމްގެ "ލަކީ ޗާރމް" އަކަށް ވަނީ ކީއްވެގެންތޯ ބަލާލުމަށެވެ.