ޚަބަރު

ހދ.އަތޮޅު ތަޢުލީމީ މަރުގެ ބެލެނިވެރިންގެ ބެޑްމިންޓަން މުބާރާތް ފަށައިފި


ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ބެޑްމިންޓަން މުބާރާތް ރޭ ފަށައިފިއެވެ.

ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށްގެންދާ މިމުބާރާތް ކުރިއަށްގެންދަނީ ސްކޫލްގެ 4 ހައުސްގެ ބެލެނިވެރިންނަށް ހުޅުވާލައިގެންނެވެ. އެގޮތުން އަންހެން 4 ޓީމް އަދި ފިރިހެން 4 ޓީމް ބައިވެރިވެފައިވެއެވެ. އަންހެން ފިރިހެން ވަކިން ކުރިއަށް ގެންދާ މިމުބާރާތުގައި ރޭވަނީ އަންހެން އަދި ފިރިހެން މެޗެއް ކުޅެފައެވެ.

ފިރިހެން ބެލެނިވެރިންގެ މެޗްގައި މާޒް އަދި މާކަރީ ބައްދަލްކޮށް 3 - 2 އަށް މެޗް ކާމިޔާބުކުރީ މާޒް ހައުސްގެ ޓީމްއެވެ. އަދި އަންހެން މެޗްގައި ޕުލޫޓޯއާއި ވީނަސް ބައްދަލްކޮށް 3 - 2 ކާމިޔާބުކުރީ ޕުލޫޓޯ ހައުސްއެވެ. މިމުބާރާތުގައި މުޅިންވެސް ކުޅޭނީ ޑަބަލްސް މެޗްތަކެވެ.