ޚަބަރު

ފުރަތަމަ ފަހަރަށް އަންހެން ޤައުމީ ބިލިއަރޑް ކުޅުންތެރިން ރޭންކުކޮށްފި


ފުރަތަމަ ފަހަރަށް އަންހެން ޤައުމީ ބިލިއަރޑް ކުޅުންތެރިން ރޭންކުކުރުމަށްފަހު އިޢުލާންކޮށްފިއެވެ.

މި އަހަރު ބޭއްވުނު ޤައުމީ ތިން މުބާރާތަށް ބެލުމަށްފަހު، 12 ކުޅުންތެރިމްވަނީ ރޭންކުކޮށްފައެވެ. އެގޮތުން، އެއްވަނާގައި 260 ޕޮއިންޓާއެކު ރޭންކުކުރެވުނީ އައިމިނަތު ފާތީއެވެ. އޭނާވަނީ މި އަހަރު ބޭއްވި ޤައުމީ 8 ބޯލް ޗެމްޕިއަންކަމާއި 9 ބޯލް ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ޤައުމީ ރޭންކިންގެ ދެވަނައަށް ދިޔައީ 240 ޕޮއިންޓް ހޯދި އައިމިނަތު ހަލީމެވެ. ތިންވަނާގައިވަނީ ޤައުމީ 9 ބޯލް ޗެމްޕިއަންޝިޕްގެ އަންހެން ރަނަރަޕް ދީނާ އަޙްމަދެވެ. ދިނާވަނީ ރޭންކިންގައި 230 ޕޮއިންޓް ހޯދާފައެވެ. ރޭންކިންގެ ހަތަރުވަނާގައިވަނީ 9 ބޯލް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދި ފަޒްނާ މޫސާއެވެ. ފަޒްނާވަނީ 170 ޕޮއިންޓް ހޯދާފައެވެ.

މި އަހަރު ޤައުމީ 9 ބޯލް މުބާރާތުގެ އަންހެން ޑިވިޝަންގައި 10 ކުޅުންތެރިން ވާދަކުރިއެވެ.