ވިޔަފާރި

ބުކިން ޑޮޓް ކޮމްގައި އެންމެ މަޤްބޫލީ ދެކުނު އިންޑިއާގެ ސިޓީތައް


ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލީ ދެކުނު އިންޑިއާގެ ސިޓީތައް ކަމަށް ބުކިން ޑޮޓް ކޮމްއިން ހާމަކޮށްފިއެވެ.

ދުނިޔޭގެ މަޝްހޫރު އޮންލައިން ބުކިން ވެބްސައިޓެއް ކަމަށްވާ، ބުކިން ޑޮޑް ކޮމްއިން ނެރެފައިވާ ރިޕޯޓެއްގައި ވަނީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެތެރޭ ބައިނަލްއަޤްވާމީ ފަތުރުވެރިން އަދި އިންޑިއާގެ ރައްޔިތުންގެ މެދުގައި އެޤައުމުގެ އެންމެ މަޤްބޫލް ސިޓީތައް ހޮވާފައެވެެ.

މި ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ދެކުނު އިންޑިއާގެ ސިޓީތައް ކަމަށްވާ ބެންގަލޫރު، ޗެންނާއީ އަދި ކޮޗިންއެވެ.

ބުކިން ޑޮޑް ކޮމްގެ ރިޕޯޓުގައިވާ ގޮތުން، ހުސްވި އަހަރު އިންޑިއާ ރައްޔިތުން އެންމެ ގިނަ އަދަދަކަށް ދަތުރުކޮށްފައިވަނީ އަމްރިތުސަރު އަދި އާގަރާ ފަދަ ސިޓީތަކަށެވެ. އެހެން ނަމަވެސް މި އަހަރު މި އާދަކާދަ ވަނީ ބަދަލުވެފައެވެ. މިއަހަރު އެންމެ މަޤްބޫލީ ކޮއިމްބަތޫރު އަދި ވަރަނާސި ފަދަ މަންޒިލްތަކެވެ.

ބުކިން ޑޮޓް ކޮމްގެ މި ރިޕޯޓަކީ މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ ތިރީސްވަނަ ދުވަހުގެ ނިޔަލަށް ބުކިން ޑޮޓްކޮމް މެދުވެރިކޮށް މަންޒިލްތަކަށް ބުކް ކޮށްފައިވާ މިންވަރަށް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.