ޚަބަރު

ރިޔާސީ ކޮމިޝަނުން ހަވާލުކުރި ކޯޓުއަމުރުތައް ތަންފީޒުކޮށް އޮޕަރޭޝަން ނިންމާލައިފި.


ބަލައިފާސްކުރުމަށް ފުލުހުނަށް ރިޔާސީ ކޮމިޝަނުން ހަވާލުކުރި ކޯޓުއަމުރުތައް ތަންފީޒުކޮށް އޮޕަރޭޝަން ނިންމާލައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކާއި ގުޅިގެން އެކޮމިޝަންގެ ބޭނުންމަށް އެ ކޮމިޝަނުން ހޯދާފައިވާ ކޯޓް އަމުރުތަކުގެ ދަށުން މާލެއާއި، އައްޑޫގެ 17 ތަނެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި މި އޮޕަރޭޝަންގައި 11 މީހަކުވެސް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މީގެ 2 ރޭކުރިން ފުލުހުން ފެށި މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ. އަދި ސިފައިންވެސް ވަނީ ހަތިޔަރާއެކު މާލޭގައި ހަރަކާތްތެރިވެފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން އަންނަނީ 27 މައްސަލައެއް ބަލަމުންނެވެ.