ސިޔާސީ

ދިވެހިންނަކީ ދިވެހިންގެ އުސޫލުތައް ދޫކޮށްލާނެ ބައެއް ނޫން- ރައީސް


ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރިއަސް ދިވެހިންނަކީ ދިވެހިންގެ އުސޫލުތައް ދޫކޮށްލާނެ ބައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.ރޭ ބޭއްވި ރަސްމިއްޔާތެއްގައި ބޭރުގެ ނުފޫޒުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ފައްޅި އަޅާ ވާހަކައަކީ އަދިވެސް ދެކެވޭ ވާހަކަތަކެއް ކަމަށާއި،  ނަމަވެސް ދިވެހިރާއްޖެއަކީ އެހެން ދީންތަކަށް ޖާގަ އޮތް ތަނެއް ނޫންކަމަށެވެ.ރާއްޖޭގައި  ބޭނުން ދީނަކަށް އުޅެވޭނެ ފުރުސަތު ނުދިނުމުން އެކަމުގެ ސަބަބުން  ރާއްޖޭގެ އިގްތިސާދު ހަލާކުކޮށް، ގައުމުގެ ފޭރާން ހަލާކު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.ދިވެހިންގެ އުސޫލުތައް ދިވެހިން ދޫނުކުރާނެ ކަން ދާދި ފަހުން ބޭއްވުނު އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ޖަލްސާތަކުން މުޅި ދުނިޔެއަށް ސާބިތުކޮށްދެވިފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.