ކުޅިވަރު

ޗައިނާ ކަހަލަ ވަރުގަދަ ޓީމެއް އަތުން ބަލިވުމަކީ މައްސަލައެއް ނޫން: ފައިސަލް


ޗައިނާ ކަހަލަ ވަރުގަދަ ޓީމެއް އަތުން ބަލިވުމަކީ މައްސަލައެއް ނޫންކަމަށާއި، ކުޅުންތެރިން ވަރަށް ހިތްވަރުކުރިކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ގޯލްކީޕަރ މުޙައްމަދު ފައިސަލް ބުނެފިއެވެ.

ފީފާ ވަރލްޑް ކަޕް އަދި އޭޝިޔަން ކަޕް ކޮލިފައިންގައި ޗައިނާ އަތުން ބޮޑު ތަފާތަކުން ދިވެހި ޓީމް ބަލިވިއިރު، މި މެޗުގައި ކީޕަރު ފައިސަލްވަނީ ރަނގަޅު ކުޅުމެއް ދައްކައި މުހިންމު ސޭވްތަކެއްކޮށްފައެވެ.

މެޗަށްފަހު ފައިސަލް ބުނީ ޓީމުން ޗައިނާއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިކަމަށާއި، ހުރިހާ ގޮތަކުންވެސް ޗައިނާ ފެނުނީ ވަރުގަދަކޮށްކަމަށެވެ. މެޗުގައި ޗައިނާއިން ޖެހި ދެވަނަ ގޯލާއިއެކު ދިވެހި ޓީމްގެ ކޮންސެންޓްރޭޝަން ގެއްލުނުކަމަށާއި، ދެ ޕެނަލްޓީ ޗައިނާއަށް ދިނުމުންވެސް ކުޅުމަށް އަސަރުކުރިކަމަށް އޭނާ ބުންޏެވެ.

ފައިސަލް ބުނީ މި މެޗުން ބަލިވިޔަސް އަދި ނުނިމޭކަމަށާއި، ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެ އަމާޒަށް ވާސިލްވެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ.