ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުން ކުނި ނަގައިދޭނެ ބަޔަކު ހޯދަނީ


މީހުން ދިރިއުޅޭ ރަށްރަށަށް ޖަމާވެ، ގިނަ ދުވަސް ވެފައިވާ ކުނި ނަގައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނސްޓްރީން އިޢުލާނު ކުރައްވައިފިއެވެ.

މިއީ މީހުން ދިރިއުޅޭ ހުރިހައި ރަށަކުން ކުނި ނަގައިދޭނެ ބަޔަކު ހޯދަން އިޢުލާނުކުރެއްވި ފުރަތަމަ ފަހަރެވެ. މީގެކުރިން ރަށްރަށް ސާފުކޮށް ކުނިނަގަނީ ކައުންސިލް ތަކުންނެވެ. އަދި ބައެއް ރަށްރަށުގައި މިމަސައްކަތް ކުރަނީ ވެމްކޯއިންނެވެ.

ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ޖަމާވެ، ގިނަ ދުވަސްވެފައިވާ ކުނި ނަގައި ސާފު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް ބޭނުންވާނެ ފޯމުތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރަށްރަށުން ކުނި ނަގައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކުރައްވާފައިވާއިރު ދާދިފަހުން އެންވަޔަރަންމަންޓް މިނިސްޓަރުވަނީ މުޅި ރާއްޖެ ސާކުރުމަށް ޕްރޮގްރާމެއް ހިންގަވާނެކަން އިޢުލާންކުރައްވާފައެވެ.