ކުޅިވަރު

ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖް: މާޅޮސް ބަލިކޮށް ގްރޫޕްގެ އެއްވަނަ ޔުނައިޓެޑް ވީ އިން ދަމަހައްޓައިފި


ބ.އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗުތައް ޔުނައިޓެޑް ވީއާއި ފޯ ސީޒަން ލަނޑާގިރާވަރު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވީ ނިކުތީ މާޅޮހާއި ދެކޮޅަށެވެ. މި މެޗު ޔުނައިޓެޑް ވީ އިން ކާމިޔާބުކުރީ 7-0 ލަނޑުންނެވެ. މެޗުގައި ޔުނައިޓެޑް ވީ ގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަބްދުﷲ މުއާޒް، އަލީ ޝިޔާހް ގެ އިތުރުން މުޙައްމަދު ފާސިރު އަދި އައިމާން ހަބީބުއެވެ.

މިމުބާރާތުގައި މާޅޮސް ކުޅުނު ފުރަތަމަ މެޗުން މޮޅުވީ މިބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން އިރުމަތީ ލަވާރސްއާއި ވާދަކޮށް 5-1ގެ ނަތީޖާއަކުންނެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ފޯ ސީޒަން ލަނޑާ ގިރާވަރާއި ދުސިތް ތާނީ މޯލްޑިވްސްއެވެ. މިމެޗު 2-0 ން ކާމިޔާބުކުރީ ދުސިތް ތާނީ އެވެ.

ދުސިތު ޓީމުގެ ދެ ލަނޑު ޖެހީ އިބްރާޙިމް ފަޒީލްއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދުސިތު ޓީމްގެ އާދަމް އިކްލީލްއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ފެއިމްސް ޔުނައިޓެޑާއި މިލައިދޫ ރިސޯޓްއެވެ. ދެވަނަ މެޗްގައި ދަރަވަންދޫ ކިންގްސް ޔުނައިޓެޑް ނިކުންނާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިރުމަތީ ލަވާރސް އާއި ދެކޮޅަށެވެ.