ޚަބަރު

މަގުމަތިން ހިމާޔަތްދިން ކުއްޖާ ވަނީ ބެލެނިވެރިންނާ ހަވާލުކޮށްފަ- ފުލުހުން


އިއްޔެރޭ ދަންވަރު މާލޭގެ މަގުމަތީގައި އެކަނި ހުއްޓާ ފެނުނު ކުޑަކުއްޖާ އެކުއްޖާގެ ބެލެނިވެރިންނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އިއްޔެރޭ މާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެރޭ 00:43 ހާއިރު ފެނިފައިވަނީ ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ މިހާރު ބެލެނިވެރިންނާއި ހަވާލުކޮށްފައިވާއިރު އެކުއްޖާއާބެހޭ އިތުރުއެއްވެސް މައުލޫމާތެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. އަދި އެކުއްޖާ އެތާ ހުރި ސަބަބެއްވެސް ފުލުހުން ވިދާޅެއް ނުވެއެވެ.