ވިޔަފާރި

ހުޅުމީދޫގައި ޑިނގާ ފާމެއް ތަރައްޤީކުރުމުގެ ދިރާސާތައް ފަށައިފި


އައްޑޫ ސިޓީގައި ޝްރިމްޕް ނުވަތަ ޑިނގާ ފާމެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ދިރާސާތައް ސައިރިކްސް ކޮލެޖުން ފަށައިފިއެވެ.

ސައިރިކްސް ކޮލެޖުގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވީ، އައްޑޫ ސިޓީ ހުޅުމީދޫގައި ޑިނގާ ފާމެއް ހިންގުމުގެ މަސައްކަތް ފަށާފައިވަނީ ސައިރިކްސްގެ ކޮލެޖުގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުންކަމަށެވެ. އެގޮތުން ހުޅުމީދޫގެ ޖަމުއިއްޔާތަކާ ގުޅިގެން ޑިނގާ އާލާކުރާ ފާމެއް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް މިމަހު ތައިލެންޑުގެ މާހިރުންގެ ޓީމެއް އައްޑޫ ސިޓީއަށް ޒިޔާރަތްކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެމަސައްކަތަށް ހުޅުމީދޫގެ ކުޅިތައް ބޭނުންކުރެވިދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދިރާސާތަކަށްފަހު ވަރަށް އަވަހަށް ޑިނގާ އާލާކުރުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ޑިނގާ ފާމެއް ތަރައްޤީކުރެވުމުން، ރިސޯޓްތަކާއި ރެސްޓޯރަންޓްތަކަށް ޑިނގާ ސަޕްލައި ކުރެވިގެންދާނެކަމަށާއި، އޭގެ އިތުރުން ރާއްޖެއިން ބޭރަށް އެތަކެތި އެކްސްޕޯޓްވެސް ކުރެވޭނޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގައި ޑިނގާ ނުވަތަ ޝްރިމްޕް އާލާކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ޑިނގާއަކީ ސީފުޑްގެ އެކި ބާވަތްތައް ހެދުމަށް ރާއްޖޭގައި އާއްމުކޮށް ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. ނަމަވެސް ރެސްޓޯރަންޓްތަކާއި ރިސޯޓްތަކުގައި މިތަކެތި ބޭނުންކުރަނީ ރާއްޖެއިން ބޭރުން އެކްސްޕޯޓްކޮށްގެނެވެ.