ޚަބަރު

1089 ގްރާމް މަސްތުވާތަކެތި އަތުލައިގެންފި


ވައިގެމަގުން ބްރެޒިލްއިން ރާއްޖެއައި މީހެއްގެ އަތުން 1089 ގްރާމް މަސްތުވާތަކެތި އަތުލައިގެންފިއެވެ. މަސްތުވާޔަކެއްޗާއެކު އަތުލައިގަންފައިވަނީ އުމުރުން 32 އަހަރުގެ ބްރެޒިލް އަންހެނެކެވެ.

ކަސްޓަމްސްއިން ބުނީ މިމަހުގެ 1 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި މި މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި ބަރުދަނުގައި 1089 ގްރާމް ހުރި 70 ކެޕްސޫލް ފެނިފައިވާކަމަށެވެ.

އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮސިޓިވް ވެފައެވެ. މިތަކެތީގެ މަގުމަތީ އަގު ތިން މިލިއަން އަށްލައްކަ އެގާރަހާސް ފައްސަތޭކަ ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެއެވެ. މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ވަނީ ޙަވާލުކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 24.78 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.