ދުނިޔެ

ޔަމަނުގެ މައްސަލާގައި ބާއްވާ މަޝްވަރާގައި ބައިވެރިވުމަށް ގޮވާލުން


ޔަމަނުގެ މައްސަލައާއި ބެހޭ ގޮތުން އދއިން މިމަހުގެ 14 ވަނަ ދުވަހު ބާއްވާ މަޝްވަރާތަކުގައި މިކަމުގައި ޝާމިލްވާ ހުރިހައި ފަރާތްތަކަކުން ބައިވެރިވުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ގޮވާލައްވައިފިއެވެ.ޔަމަނުގެ މަޞްރަހާއި ބެހޭ ގޮތުން ބަންކީ މޫންގެ ތަރުޖަމާނު މިއަދު އާއްމު ކުރެއްވި ބަޔާނެއްގައި ބަންކީ މޫން ވިދާޅުވެފައިވަނީ،ޔަމަނުގެ މިހާރުގެ ރިޔާސަތުން މަޝްވަރާގައި ބައިވެރިނޭކަމުގެ ޔަޤީންކަން ދީފައިވާތީ އެކަމަށް މަރްހަބާ ކިޔާކަމަށެވެ.ބަން ވިދާޅުވީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއްވެސް ޝަރުޠަކާއި ނުލާ މަޝްވަރާގެ މޭޒުގެ ދަށަށް އައުމަކީ އދ އިން އެންމެ އެދޭ ގޮތް ކަމަށެވެ. އަދި ޔަމަނުގެ ހަމަ ނުޖެހުމުގެ ސަބަނުން ޙާލުގައި ޖެހިފައި ތިބި މީހުން ކާނާޔަށް ޖެހެމުންދާތީ އެކަން ޙައްލު ކުރުމުގެ ގޮތުން ހުރިހައި ފަރާތްތަކުން ޙަމަލާތައް މެދު ކަނޑާލަންވެސް ބަންކީ މޫންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.