ދީން

ދަރިވަރުންނާ ރައީސްގެ އަނބިކަނބަލުން ބައްދަލުކުރައްވައިފި


ޤައުމީ ތިރީސްވަނަ ޤުރުއާން
މުބާރާތުގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންނާ، ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުން މިއަދު ބައްދަލުކުރައްވައިފިއެވެ.



ދަރުމަވަންތަ ސްކޫލްގައި
މިއަދު ހަވީރު އޮތް މި ބައްދަލުކޮށްލެވުމުގައި މި މުބާރާތުގައި ވާދަކުރާ 700 އަށްވުރެ
ގިނަ ދަރިވަރުންނާ އެ ކުދިންގެ ބެލެނިވެރިންވެސް ބައިވެރިވިއެވެ.



މި ބައްދަލުކުރެއްވުމުގައި
ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހްމަދު ޒިޔާދު
ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއެއްގެ އަނބިކަނބަލަކު ޤުރުއާން މުބާރާތުގެ ދިގު
ތާރީޚުގައި ދަރިވަރުންނާ ބައްދަލުކުރައްވާ މިއީ، ފުރަތަމަ ފަހަރު ކަމަށާ
އެކަމަށްޓަކައި އެކަމަނާއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.



މި ދިޔަ މޭ މަހުގެ އަށާވީހުން
މި މަހުގެ ތޭރައިގެ ނިޔަލަށް އޮތް މި ބައްދަލުވުމުގައި އައްސަތޭކައެއްހާ
ދަރިވަރުން ވާދަކުރެއެވެ.