ސިޔާސީ

ހަމައެކަނި ނޫނެކޭ ބުނަންވީ މަސްތުވާތަކެއްޗަށް އެކަންޏެއް ނޫން


ހަމައެކަނި ނޫނެކޭ ބުނަންވީ މަސްތުވާތަކެއްޗަށް ނޫންކަމަށާއި، އެއްވެސް ކުށެއް ކުރަން އެއްވެސް ބަޔަކު ދިވެހި ޒުވާނުންނަށް ހިތްވަރުދޭ ކަމަށްވާނަމަ، ނޫނެކޭ ބުނުމަށް ދިވެހި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.ޒުވާނުންނާއި ބައްދަލުކުރެއްވުމަށް މާލޭގެ އިރުއުތުރު ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުށްތަކަށް އަރައިގަންނަން އެކި މީސްމީހުން ހިތްވަރު ދިނުމުން އެކަމަށް އިޖާބަ ދެވޭތަން ބައެއް ޒުވާނުންގެ ފެންނަކަމަށާއި ނަތީޖާއަކަށްވެގެންދަނީ އެޒުވާނުންނަށް ކުށްތަކަށް އަރައިގަނެވި ޖަލުގައި ދުވަސްތައް ހޭދަކުރަންޖެހުންކަމަށެވެ. އެގޮތުން އަދަބު ލިބެންފެށުމުން ކުށްކުރި ޒުވާނުން ސަލާމަތް ކުރަން، އެކަމަށް ހިތްވަރުދިން މީހުން ނުދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.ދިއްގަރު ދައިރާގެ ބައި އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފައިވާތީ، އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަކީ ފަންސަވީސް އިންސައްތަ ސަރުކާރެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާއިރު، ދިއްގަރު ދާއިރާގެ އިންތިހާބުން ފަންސަވީސް އިންސައްތަ ނިސްބަތް ވަނީ ކޮން ބަޔަކަށްތޯ ގަބޫލު ކުރަން ދަތި ކަމަށެވެ.