ކުޅިވަރު

ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ފުރަތަމަ ތްރީ އެކްސް ތްރީ މުބާރާތް ފަށައިފި


ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ތްރީ އެކްސް ތްރީ މުބާރާތްކަމަށްވާ ތްރީ އެކްސް ތްރީ ފީބާ އޭޝިޔާ ކުއެސްޓްގެ މެޗުތައް ފަށައިފިއެވެ.

އޭޝިއާގެ ބާސްކެޓްބޯޅައިގެ ގަދަބާރުތަކުން ވެސް ވާދަކުރާ މި މުބާރާތުގައި އޭޝިޔާގެ 15 ޤައުމަކުން 28 ޓީމް ވާދަކުރާނެއެވެ. ކޮންމެ ޤައުމަކުންވެސް އަންހެން ޓިމަކާއި ފިރިހެން ޓީމެއް ވާދަކުރާއިރު، މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން ރާއްޖެއަށް ކޮންމެ ބައެއްގައި ދެ ޓީމް ބައިވެރިކުރުމުގެ ފުރުސަތުވަނީ ލިބިފައެވެ.

ރާއްޖޭގެ ޓީމުތަކަށް ނަން ދީފައިވަނީ މާލޭގެ އަވަށްތަކަށް ނިސްބަތްކޮށް ފިރިހެން ޓިމްތަކަކީ ގަލޮޅާއި މައްޗަންގޯޅިއެވެ. އަންހެން ދެ ޓީމަކީ މާފަންނާއި ހެންވޭރެވެ.

މާފަންނުގެ ނަމުގައި ކުޅޭ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު އިޝްރާއު، އައިމިނަތު ޝިއުރާ، ފާތިމަތު ރިޝްމާ އަދި ޝައިލާން އަފްޒަލްއެވެ. ހެންވޭރު ޓީމްގައި ހިމެނެނީ ރާއިފާ އިބްރާހިމް، އައިޝަތު ޒާނާ ޖިނާހު، ހައުމާ އުބައިދުﷲ އަދި މަރިޔަމް ޒައިނާއެވެ.

ގަލޮޅުގައި ހިމެނެނީ ހައިޝަމް ދާއުދު، އަލީ އަޝްހަމް، އަފްލާހު ޝަރީފް އަދި ހުސެއިން ހަލީމްއެވެ. އަދި މައްޗަންގޯޅި ޓީމުތައި ހިމެނެނީ އަހުމަދު އަފްސަން ރަޝާދު، އަހުމަދު ހުޝާމް، އަހުމަދު ނަޖީލް އަދި އަހުމަދު އަލީ މުސްތަފާއެވެ.