ޚަބަރު

ދަރުސް، "ނުބައި ނިމުމަކުން ނިމިގެން ދިއުން"މިރޭ ހުޅުމާލޭގައި!


"ނުބައި ނިމުމަކުން ނިމިގެން ދިއުން" މި މަޢުޞޫއަށް މިރޭ ހުޅުމާލޭގައި ދަރުސެއް ބާއްވަން ހަމަޖެހިއްޖެއެވެ.

އަލް ހިޖްރަ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ދަރުސްދެއްވާނީ އައްޝައިޙް މުހަންމަދު އިބްރާހިމްއެވެ. ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްދާ މި ދަރުސް އޮންނާނީ މިރޭ 20:30ގައި ގައެވެ.

ހިޖްރަ ޖަމިއްޔާއާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށްދާ މިދަރުސަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ދަރުސެކެވެ. އަލް ހިޖްރައަކީ ރާއްޖޭގައި ދީނީ ގިނަ ހަރަކާތްތަކެއް ހިންގާ ޖަމްޢިއްޔާއެކެވެ. އެގޮތުން ދީނީ ދަރުސްތަކާއި ދިނީ މަޢުލޫމާތުލިބޭ ކުޑަކުދިންގެ ޕްރޮގްރާމްތައްވެސް މި ޖަމްޢިއްޔާއިން އަންނަނީ ހިންގަމުންނެވެ.