ސިޔާސީ

ފުރަތަމަ ދައުރުގެ މަސައްކަތަށް ރައީސް ނަޝީދު ދެއްވީ "ބީ ޕްލަސް" ގްރޭޑެއް


ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާކަމަށާއި، މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތަށް ދެއްވާނީ "ބީ ޕްލަސް" ރިޕޯޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޢާންމުކުރުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށީވެސް އެ މަޖިލީހަކީ ތަފާތު މަޖިލީހެއްކަމަށް ވިދާޅުވަމުންކަމަށާއި، އެ ވިދާޅުވިގޮތަށް އެކަން މަސައްކަތުން ދައްކުވައިދީފައިވާކަމަށެވެ. މަޖިލީހުގެ މަސައްކަތްތަކާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

  • 31 ބިލް ހުށައެޅި 14 ބިލެއްގެ މަސައްކަތް ނިމިފައި. ނުނިމި 17 ބިލެއް
  • 21 ޤަރާރެއް ހޫށައެޅި ނިމިފައި 9 ޤަރާރެއް. ނުނިމި 12 ޤަރާރެއް
  • ސަރުކާރުގެ ފަރާތުން 15 މައްސަލަ ހުށައެޅި. ނިންމީ 12 މައްސަލަ ނިންމާފައި.
  • ރިޔާސަތުން ހުށައެޅި 22 މައްސަލަ. 17 މައްސަލަ ނިމި، ނުނިމި 5 މައްސަލަ
  • މެންބަރުން ހުށައެޅި 9 މައްސަލަ. ހުރިހާ މައްސަލައެއް ނިމިފައި
  • އެހެނިހެން ރިޕޯޓްގެ ގޮތުގައި 39 ރިޕޯޓް ހުށައެޅި 34 ރިޕޯޓް ނިމިފައި. ނުނިމި 5 ރިޕޯޓް
  • ވަޒީރުންނާއި 20 ސުވާލުކުރުމަށް ހުށައެޅި. 14 ސުވާލެއް ކުރި.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި މަސްވެރިކަމާގުޅޭ 5 ޤަރާރު ހުށައެޅި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމާ ބެހޭ ބިލް ފާސްކުރެވިފައިވުމަކީ މަޖިލީހުން ކުރި އެންމެ ބޮޑު އެއް މަސައްކަތްކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި 19 ވަނަ މަޖިލީހުގެ އަންނަ ދައުރުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތަކަށް ކުރެވޭނީ ލާމަރުކަޒީ ޤާނޫނަށް ހުށައަޅާ އިޞްލާހުތައްކަމަށެވެ. އެއީ ވަރަށް ބުރަ ބޮޑު މަސައްކަތަކަށްވާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަދަރުސާއެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މަދަރުސާތަކުގައި މަސައްކަތްކުރިއަށްދާގޮތަށް ޓައިމްޓޭބަލެއް ހެދި ހުރިހާ މެންބަރުންނާއި ހިއްސާކުރައްވައިގެން މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ. މަޖިލީހުގެ އަންނަ ދައުރުގައިވެސް ކުރައްވާނެ މަސައްކަތްތަކުގެ ޓައިމް ޓޭބަލެއް ހަދާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.