ޚަބަރު

ސޫރިޔާގެ އިރުމަތީގައި ޤާއިމުކުރާ ޙަމަލާތައް ބަދަލުކުރުން މަނާ ސަރަޙައްދާ ގުޅޭގޮތުން އެމެރިކާއާއި ތުރުކީން މަޝްވަރާކޮށްފި


ތުރުކީވިލާތާއި އެމެރިކާއާ ގުޅިގެން ސޫރިޔާގެ އިރުމަތީގައި ޤާއިމުކުރުމަށް މަސައްކަތްކުރާ ޙަމަލާތައް ބަދަލުކުރުން މަނާ ސަރަޙައްދާ ގުޅޭގޮތުން އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޯން ބޯލްޓަންއާ ތުރުކީވިލާތުގެ ރިޔާސީ ތަރުޖަމާނު އިބްރާހިމް ކާލިން މަޝްވަރާ ކުރައްވައިފިއެވެ.

ފޯނު މެދުވެރިކުރައްވާ ދެ ބޭފުޅުން ކުރެއްވި މި މަޝްވަރާތަކުގައި ތުރުކީވިލާތުގެ ރިޔާސީ ތަރުޖަމާނުވަނީ އެއްވެސް ފަސްކުރުމެއްނެތި ތުރުކީވިލާތާއި އެމެރިކާއިން ގުޅިގެން ސޫރިޔާގެ އިރުމަތީގައި ހިންގާ އޮޕަރޭޝަންތައް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ތުރުކީވިލާތުން މިހާރު ވެފައިވާކަމަށް ވިދާޅުވެފައެވެ. ތުރުކީވިލާތުގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކަމުގެ އިތުރުން މި ދެބޭފުޅުންވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ދޭދޭ ވިޔަފާރީގެ ގުޅުންތަކާ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އިތުރުން ސޫރިޔާގެ އެންމެ ފަހުގެ ޙާލަތާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ 7ވަނަ ދުވަހު އެމެރިކާއާއި ތުރުކީވިލާތުންވަނީ ދެ ޤައުމުން ސޫރިޔާގެ އިރުމަތީގައި އުފައްދާ ޙަމަލާތައް ބަދަލުކުރުން މަނާ ސަރަޙައްދު ޤާއިމުކުރުމަށްޓަކައި ބޭނުންވާ އޮޕަރޭޝަން ސެންޓަރެއް ދެ ޤައުމުން ގުޅިގެން އުފެއްދުމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް ތުރުކީވިލާތުންވަނީ މިކަމުގައި އެމެރިކާއިން މިހާތަނަށް ޤާއިމުކޮށްފައިވާ ޕްލޭންތައް ތަންފީޒުކުރުމަށް ފަސްޖެހެމުންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.