ސިޔާސީ

ގަވަރުނަރަކަށް ޢަލީ ހާޝިމް ޢައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި


މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރ ޢަލީ ޙާޝިމް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައިފި. ޢަލީ ޙާޝިމް ގަވަރުނަރަކަށް ޢައްޔަންކުރުމަށް ފެންނަކަމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރ ޢަލީ ޙާޝިމް ޢައްޔަންކުރުމަށް މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވުމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ވަނީ ޢަލީ ޙާޝިމަށް ރުހުންދޭން ފެންނަކަމަށް ފާސްކުރައްވާފައެވެ.

ޢަލީ ހާޝިމް ވަނީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއިހަމައަށް ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ގަވަރުނަރުގެ މަޤާމަށް ޢަލީ ހާޝިމް އައްޔަންކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަޙްމަދު ނަސީރު މިދިޔަ ޖުލައިމަހުގެ 24 ވަނަ ދުވަހު މަޤާމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ.