ކުޅިވަރު

ކްލްބަ ވެމްކޯއިން ބްރޯންޒް މެޑަލް ހޯދައިފި


ނޭޝަނަލް ޔޫތް ސަރވިސެސް ކައުންސިލް ރުޕަވަހީނީ ކްލަބް ވޮލީބޯޅަ މުބާރާތުގެ ސުޕަލީގު އަންހެން ބައިން ރާއްޖޭގެ ކްލަބް ވެމްކޯއިން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ވެމްކޯއަށް މުބާރާތުގެ ތިންވަނަ ލިބުނީ ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން ބަލިވުމުންނެވެ. ވެމްކޯ އެންމެ ފަހުން ނިކުތީ ސްރީލަންކާ ނޭވީ އަދި އެއަރފޯސް ޓީމާއި ދެކޮޅަށެވެ. ދެ މެޗުންވެސް ވެމްކޯވަނީ ބަލިވެފައެވެ. ސްރީލަންކާގެ ނޭވީ ޓީމް އަތުން ސީދާ ތިން ސެޓުން ވެމްކޯ ބަލިވިއިރު، އެއަރފޯސް އަތުން ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ.

ނޭވީއާއި ވާދަކުރި މެޗުގެ ސެޓުތައް ވެމްކޯއަށް ގެއްލުނީ 25-23، 25-19 އަދި 25-17އިންނެވެ.

ސްރީލަންކާ އެއަރފޯސް ޓީމާއި ވެމްކޯ ވާދަކުރި މެޗުގެ ފުރަތަމަ ދެސެޓު ގެންދިޔައީ އެއާފޯސް ޓީމުންނެވެ. ފުރަތަމަ ސެޓު 25-14އިން ގެންދިޔައިރު ދެވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ 25-16އިންނެވެ. ތިންވަނަ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 23-25އިންނެވެ. ހަތަރުވަނަ ސެޓު 25-19 އިން އެއަރފޯސް ކާމިޔާބުކުރުމުން ވެމްކޯ މުބާރާތް ނިންމާލަން ޖެހުނީ ތިންވަނައިގައެވެ.