ސިޔާސީ

ގިނަ ޢަދަދެއްގެ މީހުން މިހާތަނަށް ވޯޓްލައިފި - ރިޕޯޓަރުން


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން
ހެނދުނު 8 ން ފެށިގެން ކުރިއަށްދާއިރު ގިނައަދަދެއްގެ މީހުން މިހާތަނަށް
ވޯޓުލައިފިއެވެ.



5 ރަށް ހިމެނޭ ދިއްގަރު ދާއިރާގެ ކޮންމެ ރަށެއްގައި 1 ވޯޓުފޮށި
ބަހައްޓާފައިވާއިރު މާލޭގައި އުޅޭ ދިއްގަރު ދާއިރާގެ ރައްޔިތުންނަށް
ޚާއްސަކޮށްގެން އިސްކަންދަރު ސްކޫލްގައިވެސް ވަނީ ވޯޓުފޮށްޓެއް ބަހައްޓާފައެވެ.



ވޯޓުލުން ކުރިއަށްދާ ހުރިހާ މަރުކަޒެއްގަވެސް ވޯޓުލުން މިއަދު 8 ޖެހުމާއެކު
ވަނީ ފަށާފައެވެ. ވޭވަށުގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:08 ގައި، 8 ޖެހިއިރު
ވޭވަށު ވޯޓުފޮށި ހުޅުވި ނަމަވެސް ވޯޓުލުމަށް މީހަކު އައިސްފައިވަނީ 8:08 ގައި
ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ. ވޯޓުލުން މިއަދު ހަވީރު 4
ޖެހުމާއިހަމައަށް ކުރިއަށްދާނެއެވެ. ވޯޓު ގުނުމުގެ ކަންކަން އަދި މިއަދު ހަވީރު
4:30 އިން ފެށިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



ވޯޓް ގުނަންފަށައި ނިމުމުން ވޯޓްލުން ކުރިއަށްގެންދިޔަ މަރުކަޒަކުން
އެރަށެއްގެ ނަތީޖާ އިޢުލާންކުރާނެއެވެ. ވަގުތީ ނަތީޖާ އިޢުލާން ކުރުމަށް
ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ދިއްގަރުގައެވެ.