ސިޔާސީ

ބައި އިލެކްޝަނާ ގުޅޭގޮތުން މިހާތަނަށް ހުށަހެޅުނީ 1 ޝަކުވާ


ދިއްގަރު ދާއިރާގެ ބައި
އިލެކްޝަނާއި ގުޅިގެން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ޝަކުވާއެއް ކަމަށް
އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.



މިއަދު ދިއްގަރު
ދާއިރާގެ ފަސް ރަށުގައާއި މާލޭގައި ކުރިއަށްދާ، ބައި އިލެކްޝަނާއިގުޅޭ އެންމެ
ފަހުގެ މައުލޫމާތު ދެއްވަމުން، އިލެކްޝަން ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް
ވިދާޅުވީ، ކޮމިޝަނަށް މިހާރު ހުށަހަޅާފައިވަ ޝަކުވާއަކީ، ކެމްޕެއިން ކުރުން މަނާ
ގަޑީގައި ކެމްޕެއިން ކުރި ކަމުގެޝަކުވާ ކަމަށެވެ.



އަހްމަދު އަކްރަމް
ވިދާޅުވީ، މ.މުލިން ހުށަހެޅި އެ މައްސަލައަކީ، މުލިން  އެ ދާއިރާއަށް ވާދަ ކުރައްވާ ކެނޑިޑޭޓަކު،
ދާއިރާގެ ރައްޔިތުންނަށް ސިޓީއެއް  ފޮނުވިކަމަށްބުނާ
މައްސަލައެއް ކަމަށް. ޝަކުވާއާ ގުޅޭ މާބޮޑު ތަފްސީލެއް އަކްރަމް ހާމައެއް
ނުކުރައްވައެވެ.
މެންބަރު އަކްރަމް ވިދާޅުވީ، ބައި އިލެކްޝަން ކުރިއަށްދަނީ ވަރަށް އަމާން ކަމާއެކު
ކަމަށެވެ.