ކުޅިވަރު

އެލެކްޓްރިކް ސިޓީ ބޯޑާއި އެއާފޯސް ޓީމް އަތުންވެސް ގުޑީސް ބަލިވެއްޖެ


ސްރީލަންކާގައި މިހާރު ކުރިއަށްފާ ރުޕަވަހީނީ ވޮލިީބޯލް ވެމްޕޮއަންޝިޕްގައި، އެލެކްޓްރިކް ސިޓީ ބޯޑާއި އެއާފޯސް ޓީމް އަތުންވެސް ގުޑީސް ބަލިވެއްޖެއެވެ.

އިއްޔެ ހެނދުނު ގުޑީސް ވާދަކުރީ އެލެކްޓްރިކް ސިޓީ ބޯޑާއި ދެކޮޅަށެވެ. މިމެޗުގައި ގުޑީސްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުން ގުޑީސް ބަލިވީ 3-1ސެޓުންނެވެ. މެޗުގެ ސެޓުތަށް އެލެކްޓްރިކް ސިޓީ ބޯޑުން ގެންދިޔައީ 22-25، 20-25، 25-19 އަދި 17-25އިންނެވެ.

ގުޑީސްއިން ތިންވަނަ މެޗުގައި ރޭ ވާދަކުރީ ސްރީލަންކާ އެއާފޯސް ޓީމާއި ދެކޮޅަށެވެ. ވަރުގަދަ އެއާފޯސް ޓީމާއި ދެކޮޅަށް ގުޑީސްއަށް މާ ރަނގަޅު ވާދައެއް ކުޅެވޭގޮތް ވަނީ ނުވެފައެވެ. މިމެޗް ސްރީލަންކާ އެއާފޯސް ޓީމުން ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ. މެޗުގެ ސެޓުތަށް އެއާފޯސް ޓީމުން ގެންދިޔައީ 25-16، 25-19 އަދި 25-20އިންނެވެ.

އިއްޔެ ކުޅުނު ދެމެޗުންވެސް ގުޑީސް ބަލިވެފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމް ވަނީ ސްރީލަންކާ އާމީ އަތުން ސީދާ ތިންސެޓުން ބަލިވެފައެވެ.

ލީގު އުސޫލުން ކުރިއަށްދާ މިމުބާރާތުގައި ގުޑީސް ދެން ވާދަކުރާނީ ސްރީލަންކާ ނޭވީ އާއި ދެކޮޅަށެވެ.