ޚަބަރު

ހިލަ ބަރުކޮށްގެން ރާއްޖެ އައި އިންޑިއާގެ ބާޖެއް ފަރަށް އަރައިފި


ހިލަ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރި ބާޖެއް ކ.ހިންމަފުށީ އިރުމަތީފަރާތު ފަރަށް އަރައިފިއެވެ. މި ޙާދިސާ ހިންގާފައިވަނީ މިއަދު މެދުރު 14:00ހާއިރުއެވެ.

މި ބާޖު ފަރަށް އަރާފައިވަނީ ބާޖު ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅި، ޓަގު ބޯޓުގެ އިންޖީނު ހުއްޓިގެންކަމަށް ޓަގު ބޯޓުގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.

ޓަގު ބޯޓު ފުންކުރުމުގެ މަސައްކަތް ބާޖުގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފުން ގެންދަނީ ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގައި އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއްހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.