ސިޔާސީ

ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި.


ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި، މިދާއިރާގެ ފަސް ވޯޓު ފޮއްްޓެއް ބަހައްޓާފައިވެއެވެ. އަދި މި ދާއިރާގެ މީހުން ވޯޓުލުމަށް މާލޭގައިވެސް އެއް ވޯޓު ފޮށި ބަހައްޓާފައިވެއެވެ.ދިއްގަރުގައި ބަހައްޓާ ވޯޓު ފޮއްޓަށް 991 މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ، މަޑުއްވަރީ ވޯޓު ފޮއްޓަށް 532 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. އަދި މުލީގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް 169 މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު، ރަތްމަންދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް 164މީހުން ވޯޓު ލުމުގެ ޙައްޤު ލިބިފައިވެއެވެ. އޭގެއިތުރަށް ވޭވަށުގައި ހުރި ވޯޓު ފޮއްޓަށް 573 މީހަކަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.މިދާއިރާގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ ދެހާސް ފައްސަތޭކަ ފަންސާސް ފަހެކެވެ. އަދި ވޯޓުލުމަށް ދެހާސް ހަސަތޭކަ ވޯޓު ކަރުދާސް ކޮޅު ޗާޕްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ދިއްގަރު ދާއިރާގެ ވަގުތީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ދިއްގަރުގައެވެ.