ދުނިޔެ

ސައްދާމު އަރިހުއުޅުއްވި ތާރިޤް އަޒީޒް އަވަހާރަވެއްޖެ


އިރާޤުގެ ކުރީގެ ހާރިޖީ ވަޒީރު އަދި ބޮޑުވަޒީރުގެ ނައިބުކަން ކުރައްވާފައިވާ
ތާރިޤް އަޒީޒް އަވަހާރަވެއްޖެއެވެ.



އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމުގައި، ސަރުކާރުގެ އިސް
މަޤާމްތަކެއް ފުރުއްވާފައިވާ ތާރިޤް އަޒީޒް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން
ކަމަށް ރިޕޯޓްތައް ބުނެއެވެ. ތާރިޤް އަޒީޒް އަވަހާރަވިއިރު އޭނާ ހުންނެވީ ޖަލުގައި، އުމުރު ދުވަހުގެ ހުކުމެއް
ތަންފީޒުކުރުމަށްކަމަށް ބީބީސީއިން މަޢުލޫމާތުދެއެވެ.



އިރާޤުގެ ސުޕްރީމް
ކޯޓުން ތާރިޤް އަޒީޒްގެ މައްޗަށް ހުކުމް އިއްވާފައިވަނީ ދެހާސް ދިހަ ވަނަ އަހަރުއެވެ.