ކުޅިވަރު

ޗެމްޕިއަން ޖޮކޮވިޗަށް އަނިޔާވެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ވަކިވާން ޖެހިއްޖެ


ޗެމްޕިއަން ޖޮކޮވިޗަށް އަނިޔާވެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ވަކިވާން ޖެހިއްޖެއެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިޔާގެ ނޮވާކް ޖޮކޮވިޗަށް މުބާރާތް ނިންމާލަންޖެހުނީ އޭނާ ކޮނޑަށް ލިބުނު އަނިޔާއާ ގުޅިގެން މުބާރާތުގައި ހަތަރުވަނަ ބުރުގައި ކުޅުނު މެޗު ފުރިހަމަކުރެވޭ ގޮތް ނުވުމުންނެވެ. އަނިޔާގައި ހުރެ މެޗަށް ނުކުތް ޖޮކޮވިޗް ބަލިވީ ސުވިޒަލޭންޑްގެ ސްޓޭން ވަވްރިންކާ އާ ވާދަކޮށް ދެ ސެޓް ކުޅުނުފަހުން ތިންވަނަ ސެޓުގައި 2-0 އިން ވަވްރިންކާ ކުރި ހޯދާފަވަނިކޮށެވެ.

މެޗުގެ ދެވަނަ ސެޓުން ފެށިގެން އަނިޔާގެ މައްސަލަ ޖޮކޮވިޗަށް ވަނީ ކުރިމަތިވެފަ. އަނިޔާގެ ސަބަބުން ޖޮކޮވިޗް ވަނީ މެޗު ފުރިހަމަ ނުކޮއް ކޯޓުން ފައިބާފައެވެ. މުބާރާތުން ވަކިވާން ޖެހުމުން ދެރަވެފަ ހުރި ޖޮކޮވިޗް ބުނީ ހުރިހާ އެންމެންގެ ކިބައިން މާއަފަށް އެދޭ ކަމަށާއި އެންމެން އެތަނަށް އައީ ފުރިހަމަ މެޗެއް ބަލަން ކަމަށެވެ. ވެވްރިންކާ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ވާދަކުރާނީ ފަސްވަނައަށް ސީޑްކޮއްފަވާ ޑެނިލް މެޑްވެޑޭވްއާއެވެ. މުބާރާތުގެ ކުއަޓާރ ފައިނަލުން ސްޕެއިންގެ ރަފޭލް ނަޑާލް ނުކުންނާނީ އާޖެންޓީނާގެ ޑިއެގޯ ސުވާޓްޒްމަންއާއި ދެކޮޅަށެވެ. ސްވިޒަލަންޑް ރޮޖަރ ފެޑެރާ ނުކުންނާނީ ބަލްގޭރިޔާގެ ގްރިގޯ ޑިމްޓްރޯވާ ދެކޮޅަށެވެ.