ޚަބަރު

ފޭދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


އައްޑޫ ސިޓީ ފޭދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެނަކައިން ފަށައިފިއެވެ.އިއްޔެ ފެށި މި މަސައްކަތުގެ ދަށުން ކޮންމެ ގެއަކަށް ހިލޭ ފެންހޮޅި ގުޅައިދީ، މީޓަރު ހަރުކޮށްދޭނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީގެ ހުރިހަ ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކޮށް ނިމޭނެ ކަމަށާއި،  މުޅިމަޝްރޫއަށް 10 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.އައްޑޫ ސިޓީ ފެނުގެ ޚިދުމަށް ފޯރުކޮށްދިނުމަށް ކުރިން ހަވާލްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ބައި ވޯޓަރ ކުންފުންޏާއެވެ.