ކުޅިވަރު

ޑީބީސީ ގެ މިއަހަރުގެ ފުރަތަމަ ފެސްޓިވަލް ނިންމާލައިފި


ޑީ ބާސްކެޓްބޯލް ކްލަބް (ޑީބީސީ) ގެ މިއަހަރުގެ ފުރަތަމަ ފެސްޓިވަލް ނިންމާލައިފިއެވެ.

މި މުބާރާތް ބޭއްވީ ޑީބީސީގެ ހަތަރު ހައުސްގެ މެދުގައި، 3 އުމުރު ފުރައަކަށް ބަހާލެވިގެންނެވެ. އެއީ 8 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުންދަށުގެ އުމުރުފުރާއެވެ. މުބާރާތުގައި ވާދަކުރި ހައުސްތަކަކީ ރެޑް އީގަލްސް، ޔެލޯ ލެޕަރޑްސް، ގްރީން ޑްރެގަންސް އަދި ބްލޫ ޝާރކްސް. މުބާރާތުގައި 21 މެޗް ކުޅުނުއިރު މުބާރާތުގެ 8 އަހަރުން ދަށުގެ ބައި ކާމިޔާބު ކުރީ ބުލޫ ޝާރކްސްއެވެ.

12 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ރެޑް އީގަލްސް ހޯދިއިރު، 12 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަކަން ހޯދީ ބުލޫ ޝާރކްސްއެވެ. 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ގްރީން ޑްރެގަންސް އަދި މި އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޔެލޯ ލެޕަރޑްއެވެ.

ތިން ދުވަހަށް ކުރިޔަށް ދިޔަ މި މުބާރާތުގައި 150 ކުޅުންތެރިން ވަނީ ބައިވެރިވެފައި. 2008 ވަނަ އަހަރު އުފެދިގެން އައި ޑީބީސީގައި މިހާރު ފައްސަތޭވެރެ ގިނަ ކުދިން އަންނަނީ ތަމްރީންވަމުންނެވެ.