ޚަބަރު

2023ވަނަ އަހަރާ ހަމައަށް ބަޔާން މިއުނިކްގެ ކޮންޓްރެކްޓް ލެވޮންޑޯސްކީ އައުކޮށްފި


2023ވަނަ އަހަރާ ހަމައަށް ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ ބަޔާން މިއުނިކްގެ ކޮންޓްރެކްޓް އައުކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ފޯވަޑް މީގެ 5 އަހަރު ކުރިން ބަޔާންއާއި ގުޅުނީ ވާދަވެރި ބޮރޫޝިޔާ ޑޯޓްމުންޑުންނެވެ. އޭނާވަނީ މިހާތަނަށް ބަޔާނަށް 246 މެޗުން 197 ގޯލު ޖަހާދީފައެވެ. މިއާއެކު އޭނާވަނީ ބަޔާނަށް 3ވަނައަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށްވެފައެވެ.

ލެވޮންޑޯސްކީ ބުނީ އޭނާ ދިރިއުޅޭ ގެއަކީ ބަޔާން މިއުނިކްކަމަށާއި އެ ކުލަބާއެކު އިތުރު އަހަރުތަކެއް ހުންނަން ލިބުމުން ވަރަށް އުވާފާކަމަށެވެ.