ޚަބަރު

އެޗްއާރުސީއެމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ހުޅުއްވާލަައްވައިފިއެވެ.ހިއުމަން ރައިޓްސް ކޮމިޝަނަށް ތިން މެމްބަރުން އައްޔަން ކުރެއްވުމަށް ފުރުޞަތު ހުޅުވާލާފައިވަނީ މިހާރު ހިމެނޭ ތިން މެމްބަރެއްގެ މަޤާމްގެ މުއްދަތު މިއަހަރުގެ އޮގަސްޓް މަހުގެ ސަތާރަ ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ. އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލެއްވުމަށް ބޭނުންވާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން ފަންސަވީސް އަހަރު ފުރިފައިވުމާއި ސަރުކާރުގެ އެހެން އިސްމަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން ހިމެނެއެވެ.މެމްބަރުކަމަށް އެދޭ ފޯމާއި އެހެނިގެން ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައީސުލް ޖުމުހޫރިއްޔާގެ އޮފީހަށެވެ.