ޚަބަރު

ބީ.އެމް.އެލް މުއައްސަސާ ކަޕްގައި ޖުމްލަ 7 ޓީމް


ހއ.ދިއްދޫގެ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ހއ.ދިއްދޫގެ މިޑްލް ސްޕޯޓްސް ކުލަބް އިން އިންތިޒާމްކޮށްގެން ބާއްވާ “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ބައިވެރިވާ ޓީމްތައް އިއުލާން ކޮށްފިއެވެ.

ބީ.އެމް.އެލް މުއައްސަސާ ކަޕް 2019 ގައި ދިއްދޫގެ ހަތް މުއައްސަސާއަކުން ހަތް ޓީމެއްވަނީ ބައިވެރިވެފައެވެ.

ބައިވެރިވެފައިވާ ޓީމްތަކަކީ ހއ.އަތޮޅު ކައުންސިލްގެ ޓީމް، ޔުނައިޓެޑް ބީ.އެމް.އެލް، ދިއްދޫ ޕެލަސް، ހއ.އޭ.އީ.ސީ، ފެނަކަ ދިއްދޫ، ދިއްދޫ ކައުންސިލް އަދި ހއ.އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 31 ވާ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރ މަހުގެ 4 ގެ ނިޔަލަށް ދިއްދޫ ފުޓްސަލް ދަނޑުގައެވެ.