ޚަބަރު

މުޅި ރާއްޖެއަށް މޫސުން ގޯސް ، ސަމާލުވޭ!


މިއަދު މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

މެޓް އޮފީހުން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް އޮތް ވަގުތުތަކުގައިވެސް މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށާ، އެންމެހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަކީ މުހިންމު ކަމެއްކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ބޯކޮށް ވާރޭވެހި ވައިވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އެގޮތުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދު ވައި ގަދަނާވެނެކަމަށް ލަފާކުރައްވާފައިވާއިރު، ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަމަށް އެއޮފީހުން ލަފާކުރައްވައެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ އާއި ހދ ދެމެދު މިއަދު 11 ޖެހުމާހަމައަށް ޔެލޯ އެލާޓްވެސް ވަނީ ނެރެފައެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި، ވާރޭވެހި، ވައި ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުންތަކެއްވެސް ދަނީ ވަމުންނެވެ.