ޚަބަރު

ހދ އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން، މި މުބާރާތުގައި އަންހެން އަދި ފިރިހެން ޓީމުތަކަށް ބައިވެރިވެވޭ ގޮތަށްވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

ހދ އަތޮޅު ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރ 15ވަނަ ދުވަހުގެ 14:00ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ޓީމު ލިސްޓު އެ އިދާރާއަށް ހުށަހަޅަންޖެހޭނެކަމަށެވެ.

މިއީ ހދ އަތޮޅުކައުންސިލުން ބާއްވާ 2ވަނަ ވޮލީބޯޅަ މުބާރާތެވެ.