ޚަބަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ތިލަދުންމަތީގެ 12 ރަށް


ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި އަހަރު ހއ އަދި ހދ އަތޮޅުގެ 12 ރަށަކުން ބައިވެރިވެއްޖެއެވެ.

އަންނަ މަހުގެ 15ވަނަ ދުވަހު ހުޅުމާލޭ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބޮޑު ތިލަދުންމަތީގެ ރަށްތައް ހިމެނެނީ ޒޯން އެކެއްގައެވެ. އެގޮތުން، ޒޯން އެކެއްގައި ހއ އަތޮޅުގެ ފަސް ރަށެއް ބައިވެރިވެފައިވެއެވެ. އެއީ އިހަވަންދޫ، ވަށަފަރު، ތުރާކުނު، ކެލާ އަދި މާރަންދޫއެވެ.

މި ޒޯންގައި ހދ. އަތޮޅުން 7 ރަށެއްވެސް ބައިވެރިވެއެވެ. އެއީ ކުޅުދުއްފުށި، ކުމުންދޫ، ނެއްލައިދޫ، ނާވައިދޫ، ނޮޅިވަރަންފަރު، ނޭކުރެންދޫ އަދި މަކުނުދުއެވެ. މި ޒޯންގައި ށ. އަތޮޅުން ބިލެއްފަހި، މަރޮށި، ފީވަށް އަދި ގޮއިދޫވެސްވަނީ ހިމަނާފައެވެ.

އަންނަ މަހުގެ 15ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ މި އަހަރުގެ މުބާރާތުގެ ޒޯން އެކެއްގެ މެޗުތަކުގެ ގުރުނެގުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. އެގޮތުން، މި ޒޯންގެ ފުރަތަމަ މެޗުގައި 15ވަނަ ދުވަހު ކުމުންދޫ ނުކުންނާނީ ނޭކުރެންދޫއާ ދެކޮޅަށެވެ.

މި މުބާރާތުގައި އެންމެ ފުރަތަމަ އަތޮޅު ބުރު ކުޅުމަށްފަހު ދެން ކުޅޭނީ ޒޯން ބުރެވެ. ޒޯން ބުރުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނެއެވެ. އަދި ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުން 16 ޓީމެވެ. އެއަށްފަހު މުބާރާތް ކުރިއަށްދަނީ ގުރުނަގައިގެން ޖެހޭ ޓީމަކާ ވާދަކުރާ ގޮތަށެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު މުބާރާތެވެ.