ވިޔަފާރި

ނ.އަތޮޅު ކައުންސިލުން، އެއަތޮޅު ރަށު ކައުންސިލްތަކަށް ފައިސާގެ އެހީ ދޫކުރަނީ


ނ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢުތައް ހިންގުމަށް ރަށު ކައުންސިލުތަކަށް އެއް ލައްކަ ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދިނުމަށް ނ.އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

ނ. އަތޮޅު ކައުންސިލުން ބުނީ އެހީ ނ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި ހަދާފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހަޅާ ކައުންސިލްތަކަށްކަމަށެވެ.

ނ. އަތޮޅު ކައުންސިލުން ނ. އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކަށް، ފައިސާގެ އެހީ ދޭނެ ގޮތުގެ އުސޫލު ނ. އަތޮޅު ކައުންސިލުންލިބޭނެ ކަމަށްވެސް އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.

ނ.އަތޮޅު ކައުންސިލުން ބުނީ އެހީ ދޫކުރެވޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހުކަމަށާއި އަންނަ މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި މިތާރީޚްގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެކަމަށްވެސް ނ.އަތޮޅު ކައުންސިލުން ބުނެއެވެ.