ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ 2 މަޤާމަށް 36 ބޭފުޅުން


ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުސްވެފައިވާ 2 މެންބަރުންގެ މަޤާމަށް 36 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

އެ ދެ މަޤާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށްވަނީ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ބޮރޯޑްކާސްޓިން ކޮމިޝަނަށް ރާއްޖޭގެ މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ބޭފުޅުންނާއި، މިހާރުވެސް މީޑިޔާގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރިމަތި ލައްވާފައިވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިސްކަން ދެއްވާފައިވާ 10 ނަމުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޝިފްލާ އިބްރާހިމްއާއި، މުޙައްމަދު ޙިލްމީއާއި، އަޙްމަދު ގައިސްއާއި، ޢަލީ ޔޫސުފްއާއި، އާމިރާ އާދަމްއާއި، އަޙްމަދު ފައިރޫޒް އާއި، ޖައުފަރު ރަޝީދު އާއި، އައިޝަތު ދިޔާނާ ޠޯހިރާއި، ސޮފާ ސަލީމްގެ އިތުރުން ނަފީސް މުޙައްމަދެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދެމެމްބަރެއްގެ މަޤާމު ހުސްވީ އެކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ޙަސަން ނަބާހާއި އިސްމާއީލް ސޮފްވާން މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.