ކުޅިވަރު

ޤައުމީ ފެތުމުގެ މުބާރާތް ފަސްކޮށްފި


މޫސުން ތަން ނުދިނުމުގެ ސަބަބުން ޤައުމީ ފެތުމުގެ މުބާރާތް ފަސްކޮށްފިއެވެ.

14ވަނަ ޤައުމީ ދިގު ފެތުމުގެ މުބާރާތް ފަސްކުރިކަން ހާމަކުރުމުގެ ގޮތުން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަވަމުން ސްވިމިން އެސޯސިއަންޝަންގެ ނާއިބު ރައީސް އިސްމާއިލް ޢަލީ ވިދާޅުވީ މުބާރާތް ފަސްކުރުމުގެ އެންމެ މައިގަނޑު ސަބަބަކީ މޫސުން ގޯސްވުންކަމަށެވެ. މުބާރާތުގައި އޯޕަން ވޯޓަރ އިވެންޓްތައް ހިމެނޭތީ ވަރަށް ބޮޑަށް މޫސުމަށް ބަލަންޖެހިފަވާކަން ހާމަކުރައްވާ އިސްމާއީލް ވިދާޅުވީ މުބާރާތް ފަސްކުރުމުން މިހާރަށްވުރެ ރަނގަޅަށް މުބާރާތަށް ތައްޔާރުވެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

މިދިޔަ އަހަރުގެ ޤައުމީ ފެތުމުގެ މުބާރާތުގައިވަނީ ފުރަތަމަ ފަހަރަށް އެކުއަތްލޯން މުބާރާތެއް ހިމަނާފައެވެ. މިދިޔަ އަހަރު ދިއްފުށީގައި ބޭއްވި މުބާރާތުގައި 214 ފެތުންތެރިންވަނީ ވާދަކޮށްފައެވެ.

،14ވަަނަ ޤައުމީ ފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ.ދިއްފުށީގައެވެ.