ޚަބަރު

މާރަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި


ހއ.މާރަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާރަންދޫ ކައުންސިލުގެ ރައީސް ޙަސަން އަޙްމަދު ވިދާޅުވީ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ ރަށު ކައުންސިލާއި ޔޫތު ސެންޓަރު ގުޅިގެންކަމަށެވެ. މިހާރު ކުރަމުން ދަނީ ހަލާކުވެފައި ހުރި ތަންތަން ބެއްދުމުގެ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތަށް ބޭނުންވާ ރަބަރާއި ހިލަވެލި ހޯދުމަށް ޔޫތު މިނިސްޓްރީގެ އެހީގައި މަސައްކަތް ކުރަމުންދާކަމަށް މާރަންދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އަދި ރަސްމީކޮށް މި ކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫތު މިނިސްޓްރީއަށް ހުށަހަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”އަދި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި. އެކަމަކު އަދިވެސް ބޭނުންވާ މިންވަރަށް ތަކެތި ނުލިބޭތީ ވަރަށް އަވަހަށް ޔޫތު މިނިސްޓްރީގައި އެދޭނަން ބަޖެޓެއް ދިނުމަށް،'' ޙަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތުގައި މާރަންދޫގެ ގިނަ ޒުވާނުން ޢަމަލީގޮތުން ބައިވެރިވަމުންދާކަން ފާހަގަ ކުރެވޭކަމަށެވެ.