ޚަބަރު

2020ގެ ބަޖެޓްގައި ވުޒާރާތަކުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދޭނަން - މިނިސްޓަރ


ކުރީގެ ސަރުކާރުން ސަރުކާރުގެ ވުޒާރާތަކުގެ އިންފްރާސްޓްރަކްޗައަށް ވަރަށްބޮޑަށް އިހުމާލުވެފައިވާކަމަށާއި، 2020ވަނަ އަހަރުގެ ބަޖެޓްގައި އެކަމަށް ޚާއްސަ އިސްކަމެއް ދެއްވުމަށް ހަމަޖެހިފައިވާކަމަށް، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މިނިވަނަ މުވައްސަސާތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއެކު މަޖިލީހުގެ މިނިވަންމުއައްސާތަކުގެ ކޮމިޓީން އިސްނަގައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ބައެއް މުއައްސަސާތަކަށް މަސައްކަތް ކުރަން ދީފައިވާ އޮފީސްތަކުގެ ޙާލަތު ވަރަށްދަށްކަމަށެވެ. މުވައްޒަފުންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމްކުރުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށާ، މިކަމަށް ފާއިތުވެދިޔަ ސަރުކާތަކުން ވަރަށްބޮޑަށް އިޙުލާމު ވެފައިވާކަމަށް އަމީރު ވިދާޅުވިއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި އަދި މީނުންވެސް ރައްޔިތުންނާއި ގުޅުން އޮތް އެންމެ އަސާސީ ޚިދުމަތްތައްދޭ މުއައްސަސާތަކުގެ އިންފްރާސްޓްރަކްޗަރގެ ޙާލަތުވެސް ވަރަށް ދަށްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަނަން އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުގައި ކޮމިޝަންތަކުންވަނީ އެބޭފުޅުންގެހުރި ކަންބޮޑުވުން ޙިއްސާކުރައްވާފައެވެ. އަދި ކުރިއަށްއޮތް އަހަރުގައި އެކޮމިޝަންތަކުން ރާވާ ޕްރޮގުރާމުތަކާއި، ބަޖެޓް ބޭނުންވާ ކަންކަމަށް މިބައްދަވުމުގައި ވާހަކަ ދެކެވިފައިވެއެވެ. މިބައްދަލުވުމަކީ ދައުލަތުގެ ބަޖެޓެއް ހުށަހެޅުމުގެ ކުރިން މުވައްސަސާތައް އެއްތަނެއްގައި ތިބެ މިފަދަ މަޝްވަރާއެއް ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.